ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑް ވުލްވްސް އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުން ވުލްވްސް މޮޅުވުމާއެކު އެ ޓީމްވަނީ 18 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައަށް އަރާފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑް މި މެޗުން ބަލިވުމާއެކު އެ ޓީމު ވަނީ ތާވަލުގެ 14 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެރިކް ޓެންހާގް ވަކި ކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗު ކަމަށް ގެނައި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް މިހާތަނަށް ލީގުގައި ކުޅެފައިވާ ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މިއީ 2019 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ވުލްވްސް އަތުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.