އެފްއޭއެމުން އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީގައި ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސީޒަން ފެށުމުގެ ކުރިން ކްލަބުތަކަށް ފީފާއިންވެސް އަދި ދިވެހި ސަރުކާރުންވެސް މާލީ ގޮތުން އެހީތެރިވާނެއެވެ.
އާ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު، އިނދަޖެހިފައިވާ އެފްއޭއެމަށްވެސް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ މާލީ މައްސަލަތަކެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ބޮޑު ހިޔާނާތްތަކާއެކު އޭނާ ސަސްޕެންޑްކޮށް، ފީފާއިންވަނީ ދިވެހި ފުޓްބޯޅަ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.