ޓީޓީ އެސޯސިއޭޝަނުން، ފީ ނަގަން ނިންމިކަން އިއުލާންކޮށް، ބުނީ އެއީ އެ އެސޯސިއޭޝަންގެ އެކްސްކޯގެ ނިންމުމެއް ކަމަށެވެ. ފީ ނަގާނީ މޭޒަކަށް ގަޑިއަކަށް 25 ރުފިޔާގެ މަގުންނެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ، އެ އެސޯސިއޭޝަންގެ ފަރުދީ ފުރިހަމަ މެމަބަރުންނަށް ކުރިއެކޭ އެއްފަދައިން ތާވަލް ނުކުރާ ހުސްގަޑި ތަކުގައި ރިކުއެސްޓް ކޮށްގެން މޭޒު ބުކިންގ ހެދޭނެކަމަށެވެ.
އަންނަ އަހަރުން ފެށިގެން ފީ ނަގަން ނިންމިކަން އިއުލާންކޮށް، އެސޯސިއޭޝަނުން ބުނީ މޭޒު ބުކްކުރުމާއި ފައިސާނެގުމުގައި ގެންގުޅޭނެ އުސޫލު އެންމެހާ ފަރާތްތަކާއި ހިއްސާ ކުރާނެ ކަމަށެވެ.