ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 6:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކި ކަހަލަ މަސައްކަތްތަކުގައި ބިދޭސީން ރާއްޖެ ގެނެސް އެމީހުންނަށް އިހުމާލުވުމުގެ މައްސަލަތައް މީގެކުރީން ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައި އެބަހުއްޓެވެ.