 
                                                                                                
                    ފުލުހުން ބުނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހުން ވަދެ މާރަމާރީ ހިންގި މައްސަލައެއް މިއަދު 1:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކަމަކު މާރާމާރީ ހިންގި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެ ހާދިސާގައި އެ ގްރޫޕުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
މިދިޔަ އޮކްޓޯބަރުން ފެށިގެން މާލޭގައި ގޭންގްތަކުގެ މެދުގައި މައްސަލައެއް ޖެހި، ސިލްސިލާ މާރާމާރީތަކެއް ދަނީ ހިންގަމުންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖިސްމާނީ އަނިޔާގެ 694 މައްސަލައެއް ހުށަހަޅާފައިވެއެވެ.