ބުރުޒުމަގު ސިނަމާލެ 1، ޕާކިން ޒޯންގައި ޕާކްކޮށްފައި އޮތް ކާރެއްގައި މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ ކ. މާލެ، އަރާރަތްކުރި، ހާލިދު މަހުމޫދު (35އ) އާއި އދ. މާމިގިލި، ބްލޫވިންްޑް، ހަސަން ނަސީމް (31އ) އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެމީހުން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެ މީހުންގެ ބަންދު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ދައުލަތުން އެންމެ ފަހުން ކޯޓުގައި އެދުނީ މި ދެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް ކޯޓުން އެ މީހުން ބަންދު ކުރީ 10 ދުވަހަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.