ގާޑިއޯލާ ހަވާލުވީ ފަހުން މިއީ ސިޓީގެ ނަތީޖާތައް އެންމެ ބޮޑަށް ދަށްވެފައިވާ ފަހަރެވެ. ނަތީޖާތައް މި ފަހުން ދަށްވެފައިވާއިރު ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުންވެސް އޮތީ ސުވާލު އުފެދޭ ހިސާބުގައި ކަމަށް ގާޑިއޯލާވަނީ ބުނެފައެވެ. އެކަމަކު އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
ގާޑިއޯލާ ބުނީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދައި، ޕޮއިންޓުތަކެއް ހޯދަން ސިޓީ އަށް މަޖުބޫރު ކަމަށެވެ.