ads
ޖެޖޫ އެއާގެ މަތިންދާބޯޓު ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ވެއްޓި ރޯވެފައި. - ފޮޓޯ: ޔޮންހެޕް ނިއުސް އެޖެންސީ
181 މީހުންނާއެކު ދަތުރު ކުރި ބޯޓެއް ގޮވައި 85 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ދެކުނު ކޮރެއާގެ މަތިންދާބޯޓެއް 181 މީހުންނާ އެކު އެ ގައުމުގެ މުއާން އެއާޕޯޓަށް ވެއްޓި 85 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
Advertisement

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ތައިލެންޑުން ފުރައިގެން ދެކުނު ކޮރެއާ އަށް ދަތުރުކުރި މި ބޯޓު ވަރަށް ބޮޑަށް ހަލާކުވެ ބޯޓުގެ ތެރޭގައި ބައެއް މީހުން އަދިވެސް ތާށިވެފައި ތިބުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ބޯޓު އެކްސިޑެންޓުވީ ރަންވޭއަށް ޖައްސަނިކޮށް ދޫނި ބައިގަނޑެއްގައި ޖެހި ލޭންޑިން ގިއަރުގައިމައްސަލައެއް ދިމާވެގެން ކަމަށް ބެލެވިފައި ވާއިރު އާންމުވެފައިވާ ވީޑިއޯއިން ވެސް، ލޭންޑިން ގިއަރު ތިރި ނުކުރެވި ހުރި ކަމަށް ބެލެވެ އެވެ. 

ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ބޯޓު ގޮވަން މެދުވެރިވި ސަބަބެއް ހާމަ ކޮށްފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާން ރޯވެ ގަދަޔަށް ދުން އަރަމުންދެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރަންވޭއަށް ބޯޓު ޖެއްސުމަށް ފަހު ކޮންޓްރޯލް ނުވެ ގޮސް ފެންސެއްގައި ޖެހުމާ އެކު ބޯޓު ގޮވައި ހުޅުގަނޑު ފަޅައިގެން ދިޔައެވެ.

މިދިޔަ ހަފްތާގައި އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާ ބޯޓެއް ކަޒަކްސްތާނަށް ވެއްޓި 37 މީހުން މަރުވި އެވެ. އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް