ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1،068.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 137.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1،089.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 131.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އާ އުސޫލުގެ ދަށުން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 480 ޑޮލަރު ނެގުމަށް ވަނީ ފަށާފައެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހީންގެ ފީއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
- ޑިޕާޗާ ޓެކުހުން 137.1 މިލިއަން ރުފިޔާ އިތުރުވެފައިވޭ
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީން 131.7 މިލިއަން ރުފިޔާ އިތުރުވެފައިވޭ
- އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހީންގެ ފީއަށް ބަދަލެއް ނާދޭ
- ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ ފީ 480 ޑޮލަރަށް ބޮޑުކޮށްފައިވޭ