ވޮލީ ލީގުގެ ފުރަތަމަ މެޗުގައި ސިޓީންވަނީ ބްލޫސް ފޯ ވޮލީބޯލް ޓީމް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އެއީ 25-22, 25-20 އަދި 25-22 އިންނެވެ.
ދެވަނަ މެޗުގައި އެޗްޑީސީން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. އެއީ 23-25، 25-23، 25-20 އަދި 25-17ންނެވެ.
މި މުބާރާތައް ޕޮލިސް ކްލަބް ނުކުތްއިރު, އެ ޓީމުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ 2019 ވަނަ އަހަރުގެ ފަހަން އެ ޓީމާ ހުޒާމް ގުޅުމެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހުޒާމް ކުޅެފައިވަނީ ޕޮލިސް ކްލަބަށެވެ.