އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއަށް އުނދަގޫ 10 ވަރަކަށް މެޗަށް ފަހު މުހިއްމު މޮޅެއް މިރޭ ހޯދީ ލެސްޓާ ސިޓީ އަތުންނެވެ.
ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން ސިޓީ މިރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ޕްރިމިއާ ލީގުގައި 500 ވަނަ މެޗަށް ގާޑިއޯލާ މިރޭ ނުކުތްއިރު އެންމެ ފަހުން ކުޅުނު މެޗުތަކުން ނުކުތް ދަށް ނަތީޖާއާއެކު އޭނާއަށް އޮތީ ޕްރެޝަރެކެވެ. އެކަމަކު މިރޭ މޮޅުވުމާއެކު ޕްރެޝަރަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ.
މިރޭ ހޯދި ތިން ޕޮއިންޓާއެކު ސިޓީ އޮތީ ފަސްވަނައިގައެވެ. އެއީ 19 މެޗުން 31 ޕޮއިންޓާއެކުއެވެ.