
މި ސީޒަންގެ ނިޔަލަށް ކެވިން ޑިބްރޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، ސީޒަން ނިންމައި އޭނާއަށް ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކްލަބަކަށް ބަދަލުވެވޭނެއެވެ. ޑިބްރޭނާ، އެމެރިކާއަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނާއިރު ބޮޑު އަގުގައި އޭނާގެ ސޮއި ހޯދުމަށް ސައުދީ ޓީމުތަކުން ތިބީ ތައްޔާރަށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން 32 އަހަރު ޕްލޭމޭކަރު ބޭނުންވަނީ އެމެރިކާއަށް ބަދަލުވާށެވެ.
ޑިބްރޭނާ އެމެރިކާއަށް ބަދަލުވާން ބޭނުން ކަމަށް ރިޕޯޓްތައް ބުނާއިރު، ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ، ޑޭވިޑް ބެކަމްގެ ކްލަބު އެމެރިކާގެ އިންޓަ މިއާމީގެ ޓާގެޓަކީ އަންނަ ޖަނަވަރީގައި ސިޓީގެ ކެވިން ޑިބްރޭނާ ހޯދުން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. ފްރީ އެޖެންޓެއްގެ ގޮތުގައި ޑިބްރޭނާ ދިޔުމުގެ ކުރިން އޭނާގެ ސޮއި ހޯދުމަކީ އިންޓަމިޔާމީގެ ޕްރައިމް ޓާގެޓެވެ.
ޑި ބްރޭނާގެ ކޮންޓްރެކްޓް އަންނަ ޖޫން މަހު މަހަވާއިރު، ޖެނުއަރީން ފެށިގެން ރަސްމީކޮށް އެހެން ކްލަބުތަކާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާއަށް ލިބޭނެއެވެ. އިންޓަ މިޔާމީއަށް އޭނާ ބަދަލުވެއްޖެ ނަމަ އަންނަ ސީޒަންގައި އޭނާ ކުޅޭނީ މެސީއާއި ސުއަރޭޒްއާއެކު އެމެރިކާގައެވެ.