މެޓް އޮފީހުން ދިން މައުލޫމާތުގައި ބުނާ ގޮތުން، މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ މާލެއިން 912 ކިލޯމީޓަރު ދުރުގައެވެ. ކާލްސްބާގު ރިޖަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގެ އަޑީގައި އޮންނަ ރިޖެކެވެ. މި ރިޖް އޮންނަނީ އެފްރިކާގެ އަދި އިންޑޯ-އޮސްޓްރޭލިއަން ޓެކްޓޮނިކް ޕްލޭޓްތައް ވަކިވާ ސަރަހައްދުގައެވެ.
އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދުގައި އޮންނަ މި ރިޖްގެ އެވްރެޖް ފުންމިނަކީ ކަނޑުގެ ލެވެލްއިން ތިރިއަށް 6،000 ފޫޓާއި 12،000 ފޫޓާ ދެމެދުގެ އަދަދެކެވެ. މި ރިޖް ފެށެނީ އެފްރިކާ، އިންޑިއާ އަދި އޮސްޓްރޭލިއާގެ ޓެކްޓޮނިކް ޕްލޭޓްތައް ބައްދަލުވާ ހިސާބުން އުތުރު-ހުޅަނގަށް ގަލްފް އޮފް އޭޑަން އާ ހަމައަށެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ލިބިއްޖެނަމަ އާންމުންނާ ހިއްސާކުރާނެ ކަމަށެވެ.