ކްރިކެޓް ބޯޑުން އަންނަ އަހަރަށް ފާސްކުރި ބަޖެޓަކީ ހިނގަމުން މިދާ އަހަރަށް ފާސްކުރި ވަރަށް ވުރެ 1.2 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. މި އަހަރަށް ކްރިކެޓް ބޯޑުން ފާސްކޮށްފައިވަނީ، 6.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް 7.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރަނީ 7.17 މިލިއަން ރުފިޔާ އެވެ.
ކްރިކެޓް ބޯޑުން މައުލޫމާތު ދޭ ގޮތުގައި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ މައިގަނޑު އަމާޒަކީ ޖޫނިއާ ކްރިކެޓްގެ ހަރަކާތްތައް ފުޅާކުރުމުގެ އިތުރުން، ކްރިކެޓް ތަރައްގީ ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ގާއިމުކުރުމެވެ.