ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކޮށްފައިވާ ރޮނާލްޑޯ، ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ގުޅިފާނެ ކަމަށް 2021 ވަނަ އަހަރުވެސް އަޑު އެރިއެވެ، އެހެންނަމަވެސް އޭނާ އެ ފަހަރު ގުޅުނީ އޭނާގެ ޒަމާންވީ ކްލަބު، އަދި ސިޓީގެ ވާދަވެރި ޔުނައިޓެޑާއެވެ.
މިހާރު ފޯމް ގެއްލިފައިވާ ސިޓީއަށް ރޮނާލްޑޯ ބަދަލުވެދާނެތޯ ކުރި ސުވާލަށް އޭނާ ނޫނެކޭ ނުބުނެއެވެ. ސިޓީއަށް ބަދަލުވެދާނެތޯ އެހުމުން ނޫނެކޭ ނުބުނެ ރޮނާލްޑޯ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމެއްވެސް ހިނގާފާނެ ކަމަށެވެ.
ރޮނާލްޑޯވަނީ ޔުނައިޓެޑުގެ ކަންތައްތަކާ ގުޅޭ ގޮތުންވެސް މި ފަހުން ވާހަކަ ދައްކާފައެވެ.