ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ރިޕޯޓުން ދައްކާގޮތުގައި މުޅި ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ވަނީ 4.05 ޕަސަންޓަށް މައްޗަށް ގޮސްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ސިނގިރޭޓުގެ އަގަށެވެ.
ސިނގިރޭޓުގެ އިތުރުން ރެސްޓޯރަންޓް ކެފޭ ހިދުމަތުގެ އަގުތައްވެސް ވަނީ 15.81 ޕަސަންޓަށް މައްޗަށް ގޮސްފަ އެވެ. އަދި ކަނޑުދަތުރުފަތުރުގެ އަގުތައް 5.13 ޕަސަންޓަށް އުފުލުނު އިރު، ކަރަންޓް، ބޫޓާއި ފައިވާން، މޭވާ އަދި އަންނައުނުގެ އަގުތައްވެސް ވަނީ މައްޗަށް ގޮސްފަ އެވެ.