ads
ކުޅަނދުުގެ ހަމަލާ އަމާޒުވި ލައިންސްމަން
އިންޑިޔާގައި ފުޓްބޯޅައަށް ކުޅަނދުރުގެ އުނދަގޫ
އިންޑިޔާގައި ކުޅަނދުރުގެ އުނދަގޫ ބޮޑުވެ ފުޓްބޯޅަ މެޗުތަކަށް އަސަރުކޮށްފިއެވެ.
Advertisement

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ބެންގަލޫރުގައި ރާއްޖެއާ އިންޑިޔާ ކުޅުނު މެޗުވެސް ކުޅަނދުރާ ހެދި ހުއްޓާލަން ޖެހުނެވެ. އިންޑިއަން ސުޕަރ ލީގުގައި ބެންގަލޫރު ކުޅުނު މެޗަކަށްވެސް މި ފަހުން ކުޅަނދުރުގެ އުނދަގޫ ބޮޑުވިއެވެ.

ރާއްޖެ އިއްޔެ ކުޅުނު މެޗުގައި ލައިންސްމަނަށް ކުޅަނދުރު ބައިގަނޑެއްގެ އުނދަގޫ ޖެހިގެން އިރުކޮޅެއް ވަންދެން މެޗު މެދުކަނޑާލަން ޖެހުނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ފެނުނީ ލައިންސްމަން ކުއްލިއަކަށް ދަނޑު މައްޗަށް އަރައި އަތުގައި އޮތް ދިދައިން ކުޅުނދުރު ފައްސަމުން ދިޔަ މަންޒަރު ފެނުނެވެ. ފަހުން އޭނާ ބޮލާއި މޫނުގައި އަތް އަޅައިގެން ދަނޑު މެދުގައި އޮށޯތީ އެވެ.

އިންޑިޔާގެ ސުޕަރ ލީގުގައި މިދިޔަ ހަފްތާގައި ބެންގަލޫރު އެފްސީއާއި ޗެންނާއިއަން އެފްސީ ކުޅުނު މެޗަށް ފަހު، އެ ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ފަޔަށް ކުޅަނދުރު ކަށި  ޖެހި ވާހަކަ ސަމާސާ ރާގުގައި ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް