ރިޕޯޓްތައް ބުނާ ގޮތުން، ސްޓޭޑިއަމްގެ ނަން ވިއްކާލާނީ އަގު ބޮޑު ސްޕޮންސަރަކަށެވެ. މިހާރު ކިޔާ ސެންޓިއާގޯ ބާނެބުއޭގެ ބަދަލުގައި ދެން ކިޔާނީ ސްޕޮންސަރުންގެ ނަން ކުރިއަށް ލައި، "ބާނެބުއޭ ސްޓޭޑިއަމް"ވެ.
ޑިސެމްބަރު 1947 ގައި ހުޅުވި ސްޓޭޑިއަމަށް ކުރިން ކީ ނަމަކީ ރެއާލް މެޑްރިޑް ސްޓޭޑިއަމެވެ.
މިހާރުގެ ނަން ސެންޓިއާގީ ބާނެބުއޭގެ ނަމަށް އެ ދަނޑުގެ ނަން ބަދަލު ކުރީ 1955 ގަ އެވެ. އެއީ އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ފަހުން ކްލަބްގެ ރައީސްކަން ވެސް ކުރެއްވި ސެންޓިއާގޯ ބާނެބުއޭ ޔެސްޓޭގެ ނަމަށް ނިސްބަތްކޮށެވެ.