މި ސްކޮލާޝިޕްގެ ދަށުން ޖުމްލަ 25 ފުރުސަތެއް ހުޅުވާލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" ގެދަށުން ދިވެހި ދަރިވަރުންނަށް ހުޅުވާލި ފުރުސަތު ތަކުގެ ތެރޭގައި 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަސް ޑިގްރީ އަދި 3 ޑޮކްޓަރަލް ޑިގްރީގެ ހިމެނެއެވެ.
އެ ސްކޮލާޝިޕްއަށް ހުށަހަޅާ ފަރާތްތަކުގެ ކިބާގައި، އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، މިނިސްޓްރީ އިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާނަމަ އެ ލޯނު ގަވާއިދުން ދައްކާ ފަރާތެއް ކަމުގައިވުން، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮއްފައިވާ ކޯހަށްވުރެ މަތީ ކޯހަކަށްވުން އަދި އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދައުލަތުގެ ހަރަދުގައި ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައިނުވުން ހިމެނެއެވެ.
މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ ފެށޭ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. އަދި ސްކޮލަޝިޕަށް ހުށަހެޅުމަށް https://myedu.egov.mv/ މެދުވެރިކޮށް އަދި ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށް ހުށަހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ހަންގޭރީ އިން މަތީ ތައުލީމު ހާސިލްކުރުމަށް ލިބޭ ސްކޮލަޝިޕާއި ގުޅޭ އިތުރު މައުލުމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް އަދި 1474 އަށް މެދުވެރިކޮށް ލިބޭނެއެވެ.އަދި އިތުރު މައުލުމާތު ސާފުކުރެއްވުމަށް mv.gov.mohe@schol އަށް އީ-މެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.