އުމުރުން 90 އަހަރުގެ އަލީ މާހިރު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށް ފަހުގައެވެ.
މިސްރުގައި އިންޖިނިއަރިން ދާއިރާއިން ތައުލީމު ހާސިލުކުރެއްވި އަލީ މާހިރަކީ ހިސާބު އިލްމާއި ފަލަކީ އިލްމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދިވެހި ކަލަންޑަރު އެކުލަވާލެއްވުމާއި، ދިވެހިރާއްޖޭގެ ނަމާދު ގަޑިތައް ތަރުތީބުކޮށްދެއްވުން ހިމެނެއެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ މާހިރު ވަނީ ދައުލަތުގެ މުހިންމު މަގާމުތަކެއްވެސް ފުރުއްވާފައެވެ. މީގެ ތެރޭގައި މަހްކަމަތުއްޝަރުއިއްޔާގެ ފަނޑިޔާރުކަމާއި، ސަރުކާރު ބޮޑު އިސްޓޯރުގެ މެނޭޖަރުކަމާއި، ގައުމީ ކުތުބުހާނާގެ ވެރިޔާގެ މަގާމު ހިމެނެއެވެ.