ads
މުހްތާޒް ރައީސް ޑރ. މުއިއްޒުއާއެކު
ބަގާވާތެއް ގެންނަ ވާޙަކަ ތަހުގީގުކުރަން ކުރީގެ ޕީޖީ ގޮވާލައިފި
ބަގާވާތެއް ގެނެސް ވެރިކަން ވައްޓާލުމަށް ފެތުރިފައިވާ ވާހަކަ ތަހުގީގުކުރަން ކުރީ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ގޮވާލައިފިއެވެ.
Advertisement

ބަގާވާތެއް ގެނެެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން، އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާއެކު ރޭވުމެއް ކުރިއަށް ގެންދިޔަކަމަށް ބުނެ އެމެރިކާގެ މަގުބޫލު ނޫސް ވޮޝިންޓަން ޕޯސްޓްގައި ވަނީ ޝާއިއުކޮށްފައެވެ.

ތަހުގީގަކަށްފަހު އެ ނޫހުން ބުނީ ވެރިކަން ވައްޓާލަން ކުރިއަށް ގެންދިޔަ ރޭވުމުގެ ތެރެއިން "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ލިޔުމެއް ތައްޔާރުކޮށްފައިވާކަމަށެވެ. އެގޮތުން އެލިޔުމުގައި މަޖިލީހުގެ ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ރިޝްވަތު ދީގެން ، ރައީސް ޑރ. މުއިއްޒިގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން ޕްލޭންކޮށްފައި ވާކަމަށެވެ. އަދި މަޖިލިސް މެމްބަރުންގެ އިތުރުން  ފުލުހުން ސިފައިން އަދި ރާއްޖޭގައި ހަރަކާތްތެރިވާ ބައެެއް ގޭންގުތަކަށްވެސް ފައިސާދޭން ރޭވިގެން ދިޔަކަމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ޕީޖީ މުހްތާޒް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

"ދިވެހިން އިންތިހާބުކޮށްފައިވާ ގާނޫނީ ސަރުކާރު ރިޝްވަތުގެ ހުތުރު ފައިސާ ބަހައި ބަގާވާތަކުން ވައްޓާލުމަށް ރާވައި, އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ދިވެހިންގެ ތެރެއިން ބަޔަކު މުގުުލުގައި ތިބެ ކޮށްފައިވާ ކަމަށް ދުނިޔޭގެ އިތުބާރުހުރި ނޫސް އެޖެންސީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގެ ތަހުގީގީ ނޫސްވެރިކަމެއްގެ ތެރެއިން ދުނިޔެއަށް އާންމުކޮށްފައިވާތީ އާއި އެ އެޖެންސީގައި މިކަމުގެ ހެއްކާ ގަރީނާ އެކު ބަގާވާތް ރޭވުމުގެ ފޯނު ރިކޯޑިން ހުރި ކަމަށް އެ އެޖެންސީން ހާމަކޮށްފައިވާތީ, ދިވެހި ދައުލަތުން މި ހައްސާސް މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލަން" މުހްތާޒް ވިދާޅުވިއެވެ.

އެ ނޫހުން އިތުރަށް ބުނީ މި ރޭވުންތައް ކުރިއަށް ގެންދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ވައުދުވެ، ވެރިކަމާ ހަވާލުވެ ވަޑައިގަތްްތާ މާގިނަދުވަހެއް ނުވަނީސް ނިމިދިޔަ ޖެނުއަރީ މަހުގައި ކަަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް