މިގޮތުން ކްލިއަރެންސް ދީފައިވަނީ "އެމްއެސް ނޯވޭޖިއަން ސްކައި" އާއި "އެމްއެސް ރިވިއޭރާ" އަށެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި "އެމްއެސް ނޯވޭޖިއަން ސްކައި" ގައި ތިބި 1،870 ޓޫރިސްޓުންނާއި 862 ކްރޫ މެމްބަރުންނަށް ކްލިއަރެންސް ދީފައިވެއެވެ. އަދި "އެމްއެސް ރިވިއޭރާ" ގައި ތިބި 1،179 ޓޫރިސްޓުންނާއި 747 ކްރޫ މެމްބަރުންނަށްވެސް ކްލިއަރެންސް ދީފައިވެއެވެ.
ސީޝެލްސްގެ މަހޭގައި މި ކްލިއަރެންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 23 އާއި 30 އާ ދެމެދުގައެވެ. އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޝަންގެ އޮފިސަރުން ވަނީ އެންރޫޓް ކްލިއަރެންސް ޕްރޮސެސް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލުވެފައިވާއިރު، ޖެޓު ދަތުރުތައްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8 ޕަސަންޓު އިތުރުވެފައެވެ.