ads
ސައުތުގޭޓް
ސައުތުގޭޓަށް އިނގިރޭސިވިލާތުގެ ނައިޓްހުޑް ޝަރަފު އަރުވައިފި
އިންގްލެންޑްގެ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓް އަށް ނިއު އިޔާ އޮނަރސް ލިސްޓުން ނައިޓްހޫޑް ޝަރަފު ލިބިއްޖެއެވެ.
Advertisement

ނައިޓްހުޑްގެ ޝަރަފަކީ، އެއްވެސް ދާއިރާއަކުން ގައުމީ ފެންވަރުގައި އިންސްޕިރޭޝަނަލް އަދި މުހިންމު ކާމިޔާބީތައް ހާސިލުކުރާ ފަރާތްތަކަށް އިނގިރޭސި ރަސްކަމުގެ ފަރާތުން އަރުވާ ޝަރަފެކެވެ.

އުމުރުން 54 އަހަރުގެ ސައުތުގޭޓަށް ނައިޓްހުޑް ޝަރަފު ލިބުމުގެ އެންމެ މުހިއްމު ދައުރަކީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިނގިރޭސިން ގެންގޮސްދިނުމެވެ. ސައުތުގޭޓްވަނީ ވިދިވިދިގެން ދެ ޔޫރޯގެ ފައިނަލަށް އިގިރޭސިން ގެންގޮސްދީފައެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕްގެ ފައިނަލުގައި އިންގްލެންޑް ބަލިވިއިރު، އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ވެސް އަށް އަހަރުގެ ދައުރުގައި އިނގިރޭސިން ގެންގޮސްދީފައެވެ.

ސައުތުގޭޓަކީ ސަރ ވޯލްޓަރ ވިންޓަރބޮޓަމް، ސަރ އަލްފް ރަމްސީ އަދި ސަރ ބޮބީ ރޮބްސަން އަށް ފަހު ނައިޓް ލިބުނު އިންގްލެންޑްގެ ހަތަރުވަނަ ކޯޗެވެ.

ސައުތުގޭޓްވަނީ ޔޫރޯއަށް ފަހު، އަމިއްލައަށް މަގާމުން ވަކިވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް