އެމްޑީޕީ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފި
އައިޝަތު ރަޝާ
02 ޖެނުއަރީ 2025 - 19:59:10
އެމްޑީޕީ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރިމަތިލުމަށް ހުސްވެފައިވާ 3 ދާއިރާއަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެޕާޓީން ވަނީ ގައުމީ މަޖިލީހުގެ ހުސްވެފައިވާ ހއ. ހޯރަފުށީ ދާއިރާގެ ރައީސް، ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ ހިމެެނެނީ:
- 1 ޖަނަވަރީ އާއި ހަމައަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން.
- ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފަނުވާ މެންބަރެއް ކަމުގައިވުން
އެމްޑީޕީން ވަނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް 6 ޖަނުއަރީ ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުށައެޅުއްވުން އެދިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުރުން ދެން އެންމެ އިސްކޮށް ތިއްބަވަނީ ޗެއާޕާސަނާއި ޕާޓީގެ ރައީސާއި ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރައްވަމުން ގެންދަވާ މެމްބަރުންނާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އިތުރުން އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް