އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރައްވަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށް ވެސް ހަލީލުގެ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށާއި އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރެއްވި ޔާމީނު މިހާރު މަސައްކަތް ކުރައްވަނީ މި ސަރުކާރާ ވެސް ދެކޮޅަށް ކަމަށް ހަލީލު ވިދާޅުވި އެވެ.
ހަލީލް ވިދާޅުވި ގޮތުގައި އިންޑިއާގެ ސެކިއުރިޓީ އަކީ ރާއްޖޭގެ ވެސް ސެކިއުރިޓީ އެވެ.
އެހެންކަމުން އިންޑިއާ ކަނޑުގެ ސުލްހަ އާއި ސަލާމަތީ ކަންކަމަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި އެވެ.
ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެއިން އިންޑިއާއަށް އެއްބާރުލުން ދޭނެކަން ހާމަކުރައްވަމުން ޑރ. ހަލީލް ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ވަރަށް އަވަށް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމުން ދޭހަވެގެން ދަނީ ދެގައުމުންވެސް ސަރަހައްދުގެ ސަލާމަތަށް އިސްކަން ދެއްވާ މިންވަރު ކަމުގައި ފާހަގަކުރެއްވި އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކާތެއް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީކޮށް ބައިވެރިވެފައިވެއެވެ.
އަދި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވިއެވެ.