ads
ވޮލީ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީއަށް
ވޮލީ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީއަށް
ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކްލަން އެޗްޑީސީން ހޯދައިފި އެވެ.
Advertisement

ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކްލަން އެޗްޑީސީން ހޯދީ ލީގުގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްނެވެ. އެޗްޑީސީންވަނީ އެ ޓީމުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުފައެވެ. 

ރޭ ސިފައިންނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. އެއީ 25-21، 25-19، 25-21 އަދި 25-19 އިންނެވެ.

މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރިންނާއި ކޯޗުން

އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ރަޒާން (ސިފައިން)

އެންމެ މޮޅު ކޯޗު: ހުސައިން ޝަރީފް (އެޗްޑީސީ)

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުބައްޝަރު ރަޒާ (އެޗްޑީސީ)

އެންމެ އުއްމީދީ ކުޅުންތެރިޔާ: ރައިޝް ރިފްއަތު ހަމީދު (ބްލޫސް ފޯ ވޮލީބޯލް)

އެންމެ މޮޅު އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ސިފައިންގެ ކްލަބް)

އެންމެ މޮޅު މިޑްލްބްލޮކާ: މުހައްމަދު އަހްސަން (އެޗްޑީސީ) އަދި އާދަމް ފައިރޫޒް (އެޗްޑީސީ)

އެންމެ މޮޅު ސެޓަރު: އަލީ ނިމާލް (އެޗްޑީސީ)

އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ: ހުސައިން ރަޒާން (ސިފައިން)

އެންމެ މޮޅު ލިބަރޯ: މުހައްމަދު މިމްރާހް ހަސަން (ސިފައިން)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް