ads
ބޯކޮށް ވާރޭވެހި އުދައެރުމުން ގެއްލުންވެ 6 ރަށަކުން ރިޕޯޓްކޮށްފި - ފޮޓޯ/ އެންޑީއެމްއޭ
އުދަ އެރުމާއެކު، ވާރޭވެހި ހަ ރަށެއްގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އުދަ އަރައި ފެން ބޮޑުވި ކަމުގެ ރިޕޯޓް ހަ ރަށަކުން ލިބިފައިވާ ކަމަށާއި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
Advertisement

އެންޑީއެމްއޭއިން ބުނީ، ރޭ ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމާއި އުދައެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތެރޭގައި:

  • އުދައަރައިގެން: ށ.ނަރުދޫ އަދި ރ. އިނގުރައިދޫ
  • ވާރޭވެހި ފެންބޮޑުވެގެން: ދ. ކުޑަހުވަދޫ، ދ.މީދޫ ފ.ނިލަންދޫ އަދި ފ. މަގޫދޫ

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން މިހާރު ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދުގެ މެންދުރުފަހު 3 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް