ރާއްޖޭން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި ކުޅިވަރުކަމުގައިވާ، ޓީޓީން މި އަހަރު އަތޮޅުތެރޭގައި ކުރިއަށްގެންދަން ކަނޑައަޅާފައިވާ ޓީޓީ ހަރަކާތްތަކުގެ ތެރޭގައި، އައްޑޫ ސިޓީގައި ބާއްވާ ބޭސިކް އަމްޕަޔަރު ކޯހާއި ފުވައްމުލަކު ސިޓީ، ކ. ތުލުސްދޫ، ކުޅުދުއްފުށި ސިޓީ، ޅ. ނައިފަރު، އއ. އުކުޅަސް، ރ. އުނގޫފާރު އަދި ތ. ތިމަރަފުށީގައި ކުރިއަށްގެންދާ އަމްޕަޔަރުކަމާއި ކޯޗިން ކޯސް އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިމެނެ އެވެ.
ޓީޓީގެ އަހަރީ ކަލަންޑަރުގައި ވާގޮތުން، އަންނަ ޖުލައި މަހު މާލޭގައި ޓޭބަލް ޓެނިހުން މުޅިން އަލަށް ބާއްވާ މޯލްޑިވްސް އޯޕަން ޓީޓީ އިންޓަނޭޝަނަލް މުބާރާތް ވެސް އޮންނާނެއެވެ.