ads
ތޯމަސް ޓުޗެލް
އިނގިރޭސި އާ ކޯޗު ޓުޗެލް ރަސްމީކޮށް މަސައްކަތް ފަށައިފިި
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕާސް އާއި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން އިނގިރޭސި އާ ކޯޗު، ތޯމަސް ޓޫޗެލް އިންގްލެންޑްގެ ކޯޗުކަމުގެ މަސައްކަތް ރަސްމީކޮށް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ގެރެތު ސައުތުގޭޓް ޔޫރޯއަށް ފަހު އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. 

ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޓުޗެލްގެ ދައުރު ފެށިފައިވާއިރު، އޭނާ އިނގިރޭސި ކޯޗުގެ ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ، ހޮނިހިރު ދުވަހު، ޕްރިމިއާ ލީގުގައި ޓޮޓްންހަމްއާ، ނިއުކާސްލްގެ މެޗު ބެލުމެވެ. މި މެޗުގައި އިނގިރޭސި ބައެއް ކުޅުންތެރިންގެ ކުޅުން ޓުޗެލް މޮނިޓަރ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންގްލެންޑް ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އެންމެ ބޮޑު ޓާގެޓަކީ، 2026 ވަނަ އަހަރު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުން ކަމަށް އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފައެވެ. 

ޓުޗެލް ކޯޗަކަށް ހަމަޖެއްސީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ.

ޓުޗެލް އަކީ އިންގްލެންޑާ ހަވާލުވި ބިދޭސީ ތިން ވަނަ ކޯޗަށެވެ. އިންގްލެންޑަށް އިރުޝާދުދިން ބިދޭސީ ދެ ކޯޗުންނަކީ، ދާދި ފަހުން މަރުވި، ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން އާއި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ފަބިއޯ ކަޕެއްލޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް