ads
މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)---
ގާނޫނު އަސާސީ އޭ ކިޔައިގެން މިތިބީ މި ޒަމާނަށް ނުފެތޭ ފޮތެއްގައި ހިފައިގެން: ބޮންޑޭ
މިހާރު މިގައުމުގައި އޮތީ 30 އަހަރު ރައީސް މައުމޫން ވެރިކަން ކޮށްފަ ދިޔައިރު ތަންކޮޅެއް ބޮޑަށް އަނިޔާވެ މީހުން އެކަހެރިކޮށް ރަސްކަމެއް ގޮތަށް ވެރިކަން ކުރީމާ ރައްޔިތުން އެކަމާ ނުރުހިގެން އޭރު ނިކުތުމުން އަތުޖެހުނު ފެހި ފޮތެއް ކަމަށާއި ގާނޫނު އަސާސީ އޭ ކިޔައިގެން މިތިބީ މި ޒަމާނަށް ނުފެތޭ ފޮތެއްގައި ހިފައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

ބޮންޑޭ މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ. 

"ނޭޝަން ޓޯކް"ގެ 11 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ކަން ވެސް ކުރައްވާ ބޮންޑޭ ވިދާޅުވީ މިހާރު ފެހި ގާނޫނު އަސާސީގެ ހުރިހާ މާއްދާތަކެއް ނިއުޅެމުން އަންނަ ކަމަށާއި މަޖިލީހުގެ ޒިންމާތައް ގެއްލި މިނިވަން މުއައްސަސާތައް ރައީސުލްޖުމްހޫރިއްޔާ ވެއްޖެ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ ތަމްސީލް ކުރުން ނެތުމުން މުއައްސަސާތަކުގެ މިނިވަންކަން ގެއްލުން ކަމަށެވެ.

ބޮންޑޭ ވިދާޅުވި މިހާރު ވަރަށް ގިނައިން މާއްދާ 4 ގެ ވާހަކަ ދެކެވޭ ކަމަށާއި އެ މާއްދާގައި ބުނާ ބާރުވެރިކަން ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އެކަން ނުވާ އެއް ސަބަބަކީ ސިޔާސީ ޕާޓީތަކުގެ ހަރުދަނާ ކަންވެސް ނެތުންމުން ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބޭރުން ނުވަތަ ސިޔާސީ ޕާޓީތަކުގެ އަރާރުމުގެ ތެރެއިން ސިޔާސަތެއް ނެތި ވެރިކަމަށް އައުމުން ވަރަށް ބޮޑު ތަކުލީފަކަށް ވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މީހުން އަދި ޕާޓީތަކުން ވިއްކާ ސިޔާސަތު ތަކަށް ތާއީދުކޮށް ވޯޓް ލާން ނިކުންނަ މީހުން ގިނަވުން ކަމަށެވެ.

"ގާނޫނު އަސާސީ އަށް މިގެނާ ބަދަލުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ އިސް މީހަކަށް މިހުންނަނީ ރައީސުލްޖުމުހޫރިއްޔާ، ދެން ކޮމިޓީއަކުން ރައްޔިތުންގެ މަންދޫބުން ވަކިވެސް ކުރެވޭ ދެން ކޮބާތޯ ރައްޔިތުންގެ ބާރަކީ. ސިޔާސީ ޕާޓީ އެއް އަދި 3000 މީހުން ހަމަ ނުވާ ޕާޓީއެއްކަން އެނގޭ ވެރިކަމަށް އައި އިރު، އެ ޕާޓީން މިހާރު ރައްޔިތުން އިންތިހާބުކޮށްފަ ތިބި މީހުން ވަކި ކުރަން ރައީސުލްޖުމުހޫރިއްޔާ ބާރު ދިނީމަ މި އެއްކަލަ ބާރުތަށް ކޮބާތޯ ހިފެހިއްޓިފަ، ނެތެއް ނޫންތޯ، މުޅި ސިސްޓަމް މި ހަރާބުވީ ނޫންތޯ." ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ މާއްދާ 4 ގައި އެ ބުނާ ބާރުތަކަކީ ގާނޫނީ ބާރު ތަކެއްގެ ވާހަކަ ކަމަށާއި އެ މާނަ ކުރަނީ ގާނޫނު އަސާސީގެ ބާރު އޮންނަން ޖެހޭ ވާހަކަ ކަމަށެވެ. އެއީ އެކެއްގެ ބާރެއް ނުމެ ނޫން ކަމަށާއި އެއީ މުޅި ދުސްތޫރުން ދައްކާ އެއްމެނަށް ހަމަހަމަ ވާން ޖެހޭ ބާރުތަކުގެ ވާހަކަ ކަމަށެވެ. އެންމެ ނަށް ހަމަހަމަ އިންސާފު ފެންނަން ނެތުމުގެ މާނައަކީ މިހާރު ބާރުވެރިކަން ރައްޔިތުންގެ ކިބައިގައި ނެތުން ކަމަށާއި ގާނޫނު އަސާސީ އެއް ވެސް މިވަގުތަކު ނެތް ކަމަށެވެ. އޮތަސް އޮތް އެއްޗަކަށް ވެސް މިހާރު އަމަލުކުރާތަން ނުފެންނަ ކަމަށެވެ.

"މިހާރުގެ ރައްޔިތުން މަޖިލީހުގައި ޖުމުލަކޮށް އަޅުގަނޑަށް ސިފަ ވަނީ 73 ގޮނޑީގައިވެސް ހަމަ އިންނަވަނީ ރައީސުލްޖުމުހޫރިއްޔާގެ ފޮޓޯ ހެން. މިހާރު ރައްޔިތުންގެ މަޖިލީހުގައި ހުރީ ރައީސް އޮފީހުގެ ޑެސްކުތައް، އެތަނުން ރައްޔިތުންގެ އަޑެއް ނުނިކުމޭ." ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި 5 އަހަރަކުން ވެރިކަމަށް ރައްޔިތުންގެ ވޯޓުން ސަރުކާރެއް އުފެއްދިޔަސް ވެރިކަމުގެ ހުވަޔަށްފަހު ކަންކަން ހިނގަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށެވެ. އަދި ރައްޔިތުން ތަމްސީލުކުރަން އަންނަ އިންތިހާބީ ކޮންމެ މަންދޫ ބަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއިން ކަންކަން ނިންމާ މީހުނަށް ވާން ޖެހޭ ކަމަށާއި އެހެން ނުވާނަމަ ރައްޔިތުންގެ ވެރިކަމެއް ނުފެންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް