ads
އަބްދުއްރަހީމް -- ފޮޓޯ: މަޖިލިސް
"ޓޫރިޒަމް ދާއިރާއިން ވެސް ގައުމާ ރައްޔިތުންނަށް އިސްކަން ދޭނެކަމަށް އުންމީދުކުރަން"
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު މި އޮތް ހާލަތު ދިމާވީ، ބޭރު ފައިސާއާ ބެހޭ ގާނޫނެއް ވޭތުވެދިޔަ 20 އަހަރު ތެރޭގައި ނެތުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވެސް ގައުމާއި ރައްޔިތުންނަށް އިސްކަންދީގެން މި ގާނޫނަށް އެއްބާރުލުން ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މި ގާނޫނަކީ މަޖިލީހުން ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ގާނޫނު މީގެ 20 އަހަރު ކުރިން އޮތްނަމަ މިއަދު ރާއްޖެ އިގްތިސާދީ ދަތިކަމުގެ ތެރޭގައި އޮންނާކަށް ނުޖެހޭނެ ކަމަށެވެ.

އާ ގާނޫނުގެ ދަށުން ކޮންމެ ރިސޯޓަކުން ވެސް ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ބޮލަކަށް 25 ޑޮލަރު މާރުކުރަން ޖެހެއެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ބެލެހެއްޓުމާއި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުއްލިއަކަށް މި ގާނޫނު އައުމުން ބައެއް ފަރާތްތަކަށް ގަބޫލުކުރަން އުނދަގޫ ވެދާނެ ނަމަވެސް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވެސް ގައުމުގެ މުސްތަގުބަލަށް ވިސްނައި، މި ގާނޫނަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް