ރޭ ރިއާލުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ ބްރެޒިލް ފޯވަޑް، ވިނީ ޖޫނިއާ އަށް ދެއްކި ރަތްކާޑާ އެކުއެވެ. އެކަމަކު ރިއާލުންވަނީ ރޭ، ވެލެންސިޔާގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރި ހޯދައި ޓޭބަލްގެ އެއްވަނައަށް އަރައިފައެވެ.
ރެއާލް އެއް ވަނައިގައި އޮތީ 19 މެޗު ކުޅެގެން 43 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 18 މެޗު ކުޅެގެން އޮތީ 41 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ބާސެލޯނާ މިހާރު އޮތީ 38 ޕޮއިންޓާ އެކު އެވެ.
ރަށުން ބޭރުގައި ރިއާލުން ކުޅުނު މި މެޗުގައި އެ ޓީމު ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާގެ ހޫގޯ ޑުރޯ އެވެ. ރެއާލަށް އެއްވަރުކޮށްދިނީ 85 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗެވެ. އަދި އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ބެލިންހަމް ގޯލް ޖަހައި އެ ޓީމު މޮޅުކޮށްދިނެވެ.