ads
ސަލާހް
ލިވަޕޫލްގައި މަޑު ނުކުރާނެ ކަމަށް ސަލާހް އެންމެ ފަހުން ބުނެފި
ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހް، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
Advertisement

މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ފޯވާޑް، ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް ހާމަކުރީ ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިޔުއެއްގައެވެ. ސީޒަނަށް ފަހު ސަލާހް ލިވަޕޫލް ދޫކޮށްދާނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ސަލާހް ބުނީ، މިއީ އޭނާ ލިވަޕޫލަށް ކުޅޭ އެންމެ ފަހު ސީޒަން ކަމަށާއި އެހެންކަމުން އޭނާ ބޭނުންވަނީ ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ދާން ކަމަށެވެ. ލިވަޕޫލް އޮތީ ހަ ޕޮއިންޓްގެ ފަރަގަކާއެކު ޓޭބަލްގެ އެއްވަނައިގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލާހްގެ ހުވަފެނަކީ ސައުދީއަށް ބަދަލުވުމެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް ހިލާލް ބޭނުންވަނީ އަންނަ ހޫނު މޫސުމުގެ ކްލަބް ވޯލްޑް ކަޕުގެ ކުރިން، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް އެ ކްލަބަށް ގެނައުމަށެވެ. އުމުރުން 31 އަހަރުގެ ސަލާހުގެ ކޮންޓްރެކްޓް މި ސީޒަން ނިމޭއިރު ނިމުމަކަށް އަންނައިރު، ކޮންމެ އަގެއްގައި ނަމަވެސް އޭނާ ގެންދަން އަލް ހިލާލުން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ސަލާހް ބަދަލުވާނީ ކޮން ކްލަބަކަށް ކަމެއް އޭނާ އަދި ހާމައެއް ނުކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް