ވެމްކޯ އިން ބުނީ މި މަހުން ފެށިގެން ވެމްކޯ އިން އަތޮޅުތެރޭ ރަށްރަށުގައި ފޯރުކޮށްދޭ ގޭބިސީތަކުން ކުނި ނަގައިދިނުމުގެ ހިދުމަތުގެ ބިލު ޔޫޓިލިޓީ އެހެން ހިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބާތިލުކޮށްފައިވާ ކަމަށެވެ.
އެކުންފުނިން ބުނީ، އެ ބަދަލާއެކު ރަށްރަށުގައި ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ބިލު ކުރެވޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން ބިލަށް ފައިސާ ދެއްކުމުގެ ކަންކަން އެ ރަށްރަށުގައި ގާއިމް ކޮށްފައިވާ ވެމްކޯގެ އޮފީސްތަކުންނާއި ވެމްކޯގެ "އަވަސް ޕޭ" ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.