އިމިގްރޭޝަނުން މިއަދު އެ އިދާރާގެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދަން ހިންގި އިންސްޕެކްޝަންތަކެއްގައި ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހުންގެ ވަނަވަރު އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރި ބިދޭސީންތަކެއް މިދިޔަ އޯގަސްޓު އަދި އޮކްޓޫބަރު މަހު އަދި ޑިސެމްބަރު ވެސް ހިފަހައްޓައި ވަނީ ޑީޕޯޓްކޮށްލާފަ އެވެ.
މި ސަރުކާރުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. އަދި، ހަށި ވިއްކާ ބިދޭސީން އަތުލައިގަތުމަށް ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.
މި ސަރުކާރަށް އަހަރެއްވީއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.