ads
އަލަށް އައްޔަނުކުރި އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ
އެޗްޑީސީގެ ޑެޕިއުޓީ އެމްޑީއަކަށް ފަޔާޒް އައްޔަނުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒް މަންސޫރު އައްޔަންކޮށްފި އެވެ.
Advertisement

ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ކުރިން ވެސް އުޅުއްވި ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. އޭގެ ފަހުން އޭނާ އެޗްޑީސީގެ މަސައްކަތަށް ނުކުމެވަޑައިގަތީ މިއަދު ކަމަށް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ. އެމަގާމުގައި މީގެ ކުރިން ހުރީ އަހުމަދު ގައިސްއެވެ. އެއީ މިދިޔަ ސަރުކާރުގަ އެވެ.

ފަޔާޒު ވަނީ ކުއަންޓިޓި ސާވޭއިން ޑިގްރީ ހައްދަވައިފަ އެވެ. ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން މާސްޓާސް ފުރިހަމަ ކުރެއްވީ ބިލްޑިން ސައިންސުންނެވެ.

އެޗްޑީސީގެ ބައެއް އިސްވެރިންނަށް ކޮރަޕްޝަންގެ ތުމަތު އަމާޒުވެ ކުރީ ގެ އެމްޑީ ފަޒުލް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެން މިފަހުން އާ އެމްޑީއަކަށް ވަނީ މައުރޫފް ޖަމީލް އައްޔަނުކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް