ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑީވްސް (އެފްއެސްއެމް) ގެ ބޯޓެއް ނިލަންދޫގެ ހުޅަނގު އުތުރު ފަރަށް އަރައިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ނާސިހް ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާ މިވަގުތު ކުރިއަށް ދާކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ބޯޓަށް ގެއްލުންވެ ފަޅައިގެން ގޮސްފައިވާ ކަމެއް އަދި ފާހަގަކުރެވިފައެއް ނެތް ކަަމަށްވީނަަމަވެސް ފަރަށް ގެއްލުންވެފައި ވާކަން ކަށަވަރުވާކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބޯޓުން، ތެޔޮ ފޭބުން ފަދަ ކަަމެއް ފާހަގަކުރެވިފައެއް ނެތް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;