ads
އެޗްޑީސީގެ ކުރީގެ މޭނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު
ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދިނިން: ރިލެކްސް ފެރީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު، އަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ރިލެކްސް ފެރީ ސާރވިސްއިން ބުނެފި އެވެ.
Advertisement

ފަޒުލްއަށް 1.4 މިލިއަން ރުފިޔާ، ނަގުދު ފައިސާއިން ދިން ކަމަށް ރިލެކްސް ފެރީ ސާރވިސްއިން ބުނިއިރު، ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ ފެނުނު ކަމަށް މީޑިއާގައިވަނީ އަޑު ފެތުރިފަ އެވެ.

ރިލެކްސް ފެރީ ސާރވިސްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެ އެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް ރިލެކްސް ފެރީގެ ޕޯސްޓްގައި ބުނެފައިވެ އެވެ. ފަޒުލްވަނީ ފޭސްބުކްގައި އެ ޕޯސްޓް ޝެއާކޮށްފަ އެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރުމުން 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ރާއްޖޭގެ ގިނަ ނޫސްތަކަކުން ރިޕޯޓުކޮށްފައިވެ އެވެ. 

މި ފައިސާ ފެނުނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުން އެ ގެ ބަލައި ފާސްކުރި އިރުކަމަށް ރިޕޯޓުތައް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާ ފެނިފައިވަނީ ދަބަހެއްގެ ތެރެއިންނެވެ. މި ފައިސާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް މި ފައިސާއާ ގުޅިގެން ކުރެވޭ ތުހުމަތަކާ މެދު ފުލުހުން އަދި އެއްވެސް ނުބުނެ އެވެ. 

ފަޒުލްގެ ގެ ބަލައި ފާސްކުރީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ބިމެއް ދިން މައްސަލަވެސް ހިމެނެ އެވެ. މި މައްސަލަތައް ތަހުގީގުކުރަމުންދާތީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދީފައެވެ. އަދި އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް