ރޭ އެންފީލްޑްގައި ޔުނައިޓެޑާ ލިވަޕޫލް އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލަށްވަނީ ގެއްލިފައެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ 20 މެޗުން 23 ޕޮއިންޓާ އެކު އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓްގައި ލިސަންޑްރޯ މާޓިނޭޒް އެ ޓީމަށް ލީޑް ނަގައިދިން ނަމަވެސް ކޯޑީ ގޮކްޕޯ އާއި މުހައްމަދު ސަލާހްގެ ލަނޑުތަކުން ލިވަޕޫލުން ލީޑް ނެގި އެވެ. ސަލާހް ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ 10 މިނެޓް ފަހުން ޑިއާލޯ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މި މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑަށް މެޗުން މޮޅުވާން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭރިޔާ ތެރޭގައި ހުހަށް ހުރެ ހެރީ މެގުއާ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.