ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން
ބަންގްލަޑޭޝް އަދި ޖަޕާންގައި ބޮޑެތި ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދިވެހ ދަރިވަރުންނަށް ބަންގަލަދޭޝް އަދި ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފަ އެވެ.
Advertisement

"ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން ވަނީ ޖުމްލަ 14 ސްކޮލާޝިޕްގެ ފުރުސަތެއް ހުޅުވާލައިފައެވެ. އެގޮތުން މި ސްކޮލަޝިޕްތަކުގެ ތެރޭގައި، 7 ބެޗްލާސް ޑިގްރީ، 6 އެމްބީބީއެސް އަދި 1 ބީޑީއެސްގެ ފުރުސަތު ހިމެނޭކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

ބަންގްލަޑޭޝްއިން މަތީތައުލީމު ހާސިލްކުރުމަށް ހުޅުވާލި މި ސްކޮލާޝިޕް ފުރުސަތު ތަކުގެ އިތުރުން ޖަޕާންގެ "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލާޝިޕް ޕްރޮގްރާމް 2025" ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލެވިފަ އެވެ. 

މި ސްކޮލާޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ :

  • ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުން
  • އެޕްލިކޭޝަން ހުށަހަޅާ ތާރީހުގެ 3 އަހަރު ކުރިން ބެޗްލާސް ޑިގްރީ ހާސިލުކޮއްފައިވުން
  • ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  •  ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން

"ސާކް ސްކޮލާޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" އަށް ހުށަހެޅުމުގެ ސުންގަނޑި އަކީ މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މީގެ އިތުރުން، "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލާޝިޕް ޕްރޮގްރާމް 2025"ގެ ފުރުތަމަ ސުންގަނޑި އަކީ 13 ޖަނަވަރީ އިން ފެށިގެން 28 ފެބްރުއަރީ ގެ ނިޔަލަށެވެ. އަދި މި ފުރުސަތުގެ ދެ ވަނަ ސުންގަނޑި އަކީ 25 މާޗް  އިން ފެށިގެން 23 މެއި ގެ ނިޔަލަށެވެ.

ސްކޮލާޝިޕްތަކަށް ހުށަހެޅުމަށް:

• ސާކް (ބަންގަލަދޭޝް) ސްކޮލާޝިޕް: https://myedu.egov.mv/

މި ސްކޮލާޝިޕްތަކުގެ އިތުރު މައުލުމާތު ހޯދުމަށް މިނިސްޓްރީގެ ގެޒެޓްގައި ޝާއުއުކޮއްފައިވާ އިއުލާނުތަށް މެދުވެރިކޮށް ނުވަތަ 1474 ގުޅުއްވައިގެން އަދި [email protected] އަށް އީ-މެއިލް ކުރައްވައިގެން ލިބޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް