ads
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު
އޮޅުވާލައިގެން ތޯރިގު ޕީއެންސީއަށް ވެއްދި މައްސަލަ ޕޮލިހަށް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
Advertisement

ފެށުނީންސުރެ ވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވާ ތޯރިގް ކުރެއްވި ޓުވީޓެއްގައި، އީސީއަށް ހުށަހަޅާފައިވާ ފޯމާއި އައިޑީކާޑުގެ ތަފްސީލް ވަނީ އާންމުކުރައްވައިފަ އެވެ. އެ ފޯމުގައި އެހެން މީހެއްގެ ފޮޓޯ ޖަހާފައިވާ އިރު މަންމަގެ އެޑްރެސްގެ ގޮތުގައި ޖަހާފައި އޮތީ ތޯރިގުގެ މާލެ ދަފްތަރު ނަމްބަރެވެ.

އޭގެ އިތުރުން ސޮއި ވެސް އައިޑީ ކާޑުގައި އޮތް ސޮޔާ އެއްވެސް ގޮތަކަށް ދިމާނުވާކަން ފޯމުން އެނގެން އޮވެ އެވެ.

ތޯރިގު ފުލުހުންގެ އިދާރާ އަށް ފޮނުވި ސިޓީގައި ވިދާޅުވީ އޭނާ ޕީއެންސީއަށް ވެއްދުމަށްޓަކައި ހުށަހަޅާފައިވާ ފޯމުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއާއި ސޮއި އަދި ފިންގަޕްރިންޓް ނޫން ކަމަށެވެ. އަދި އެ ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހައި ސޮއިކޮށް، ފިންގަޕްރިންޓް ޖަހާފައިވަނީ އޭނާ ދަންނަ ބައެއް ނޫން ކަމަށް ތޯރިގުގެ ސިޓީގައި ވެ އެވެ.

ތޯރިގު ވަނީ ފުލުހުން ފިންގަޕްރިންޓާއި ފޮޓޯ އަދި ސޮއި ފޮރެންސިކް ތަހުލީލުކޮށްގެން ބެލުމަށްފަހު، ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، ފިންގަޕްރިންޓް އަދި ސޮއިކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ. އަދި ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހާފައިވާ ދެ ފަރާތުން ކޮށްފައިވަނީ އެ ފަރާތްތަކުގެ ސޮއި އަދި ފިންގަޕްރިންޓްކަން ކަށަވަރުކޮށްދޭން ވެސް ސިޓީގައި ވަނީ އެދިފަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެ އެވެ.

އެމްޑީޕީގެ މެންބަރުން އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުން އަންނަ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް ޕީއެންސީއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް