ޔުނައިޓެޑުގެ ޓީމުން މި ފަހުން އެކިއެކި ސަބަބުތަކާހުރެ އެއްގޮތަކަށްވެސް ފުރުސަތު ނުލިބޭ ފޯވާޑް ވަރަށް އަވަހަށް ވިއްކާލާނެ ކަމަށް ބެލެވެއެވެ. ރަޝްފޯޑް ހޯދަން އެކި ކްލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ނަމަކީ އޭސީ މިލާންއެވެ.
މީގެ ކުރިން ރަޝްފޯޑް ހޯދަން ފްރާންސްގެ ޕީއެސްޖީންވެސްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ސީޒަން ނިމުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑުން 12 ވަރަކަށް ކުޅުންތެރިން ދޫކޮށްލައި ސްކޮޑް އޯވަހޯލް ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށާފައިވެއެވެ.
ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ ވިސްނުން ޔުނައިޓެޑުން ގެންގުޅެނީ، މިހާރު ނަތީޖާތައް އެކަށީގެންވާ ވަރަށްވުރެ ދަށްވުމުންނެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ޕްރިމިއަރ ލީގުގައިވެސް ގަދަ ހަތަރެއްގެ ތެރޭގައި ޔުނައިޓެޑު ނުހިމެނެއެވެ.