ads
އޭސީ މިލާނުން ސުޕަ ކަޕް ކާމިޔާބު ކޮށްފި
އޭސީ މިލާނުން ސުޕަ ކަޕް ކާމިޔާބު ކޮށްފި
އިންޓަ މިލާން ބަލިކޮށް ވާދަވެރި އޭސީ މިލާނުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
Advertisement

އޭސީ މިލާނުން، ސުޕަ ކަޕް ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ލަނޑު ދެ ލަނޑުންނެވެ. މި މެޗު ކުޅުނީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައެވެ. މިދިޔަ ތިން އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި އިންޓަ އިން ލީޑު ނެގީ ހާފުގެ ފަހު މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން މިލާނަށް ހަމަޖެހިނުލެވެނީސް އީރާން ފޯވާޑް މަހުދީ ޓެރާމީ އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ތެއޯ ހެނާންޑޭޒްވަނީ ލަނޑެއް ޖަހައި މިލާން އަލުން މެޗުގެ ތެރެއަށް ގެނެސްފައެވެ. މިލާނަށް އެއްވަރުކޮށްދިނީ 80 ވަނަ މިނެޓުގައި އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިކް އެވެ. މިލާން މޮޅުވީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޓެމީ އަބްރަހަމް ޖެހި ގޯލުންނެވެ.

އިޓާލިއަން ސުޕަ ކަޕަކީ، ލީގުގެ ގަދަ ދެ ޓީމާއި، ކަޕުގެ ފައިނަލަށް ހޮވޭ ދެ ޓީމުގެ މެދުގައި ކުޅޭ ހާއްސަ މުބާރާތެކެވެ. އިޓާލިއަން ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ. އެ ޓީމުން 9 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އިންޓަރ މިލާނާއި އޭސީ މިލާނަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 8 ފަހަރެވެ. 

އާއްމުކޮށް އިޓަލީގައި ކުޅުނު ނަމަވެސް މި މުބާރާތް މީގެ ކުރިން ވެސް ވަނީ އެމެރިކާ، ލީބިޔާ، ޗައިނާ، އަދި ގަތަރުގައި ބާއްވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް