ބްލޫސްގެ މައްޗަށް އެޗްޑީސީން ކުރިހޯދީ، ސީދާ ތިން ސެޓުންނެވެ. އެއީ 25-21، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެޗްޑީސީގެ ސެޓަރު، އަލީ ނިމާލް އެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެޗްޑީސީ ކުރީގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިފައިންނަށް ތިން ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބްލޫސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭ ކުޅުނު މެޗުގައި ސިފައިންގެ މައްޗަށް ސިޓީ ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. އެއީ 25-19، 25-19 އަދި 25-19 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސިޓީގެ ދްރޫވިލް ނަޔަންބާއި ޕަޓޭލް އެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، ހަވީރު ބްލޫސް އިން ބައްދަލުކުރާނީ ސިޓީއާ އެވެ. އަދި މިރޭ ސިފައިންނާއި އެޗްޑީސީ ކުޅޭނެ އެވެ.
ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ މުބާރާތް މި ފަހަރު ކުޅޭ ފޯމެޓަށް ބަދަލު އައިސްފައިވާއިރު، ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ސެމީ ފައިނަލެއް ކުޅެ، ފައިނަލުގެ ފަހު ޖާގަ ކަނޑައަޅާނެ އެވެ.