ads
ރޮނާލްޑޯ ސްރީލަންކަން އެއަރލައިންސްގެ ކްރޫ މެންބަރަކާއެކު
ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ސްރީ ލަންކަން އެއަރލައިންސްގައި
ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް، ރޮނާލްޑޯ އަވައްޓެރި ސްރީ ލަންކާގެ ގައުމީ އެއަރލައިން ސްރީލަންކަން އެއަރލައިންސްގައި ދަތުރުކޮށްފިއެވެ.
Advertisement

ސްރީ ލަންކަން އެއަރލައިންސްއިން އެ އެއަރލައިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރޮނާލްޑޯ އެ އެއަރލައިނުން ދަތުރުކުރިކަން ހާމަކޮށް ފޮޓޯތައް ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް ރޮނާލްޑޯ ދަތުރު ކުރީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ސްރީލަންކަން އެއަރލައިންސްއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރާ އެއަރލައިނެކެވެ.

ސްރީ ލަންކަންއިން ރޮނާލްޑޯ ދަތުރު ކުރިއިރު، އޭނާ ތައްޔާރުވަމުން އަންނަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުގެ އިންތިހާބަށެވެ. ބްރެޒިލްގެ ފުޓްބޯޅައިގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު މި އަހަރު އޮންނައިރު، އެ އިންތިހާބުގައި ވާދަކުރާނެކަން ރޮނާލްޑޯވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

ބްރެޒިލްގެ ފުޓްބޯޅައިގެ ރައީސްކަމުގެ މަގާމަށް ހުސްވުމަށްޓަކައި ރޮނާލްޑޯވަނީ ބްރެޒިލްގައި އޭނާ ގަނެފައިވާ ކްލަބު ވިއްކާލާފައެވެ. އަދި ސްޕެއިންގައި އޭނާ ގަނެފައިވާ ކްލަބުވެސް ވިއްކާލަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް