ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރޫޑޯ ވިދާޅުވީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެ ކަމަށެވެ.
ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމާ އެކު ބޮޑުވަޒީރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
އުމުރުން 53 އަހަރުގެ ޓްރޫޑޯއަށް އަމިއްލަފުޅުގެ ޕާޓީގެ ތެރެއިން އިސްތިއުފާ ދެއްވުމަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް، އެ ވާހަކަތައް ބޮޑަށް ދެކެވެން ފެށީ ޑިސެމްބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލެންޑް ކުއްލިއަކަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ލިބަރަލް ޕާޓީއާ 2013 ވަނަ އަހަރު ހަވާލުވެވަޑައިގަތުމުގެ ކުރިން، ޓްރޫޑޯ އަކީ ސިޔާސީ މައިދާނުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ނޫނެވެ. އޭރު ސިޔާސީ ގޮތުން އޭނާއާ އޮތް ގުޅުމެއްގެ ގޮތުގައި އޮތީ ބައްޕާފުޅު ޕިއޭ އެލިއަޓް ޓްރޫޑޯ އަކީ ކެނެޑާގެ އެންމެ މަޝްހޫރު އެއް ބޮޑުވަޒީރަށް ވުމެވެ.
އަންނަ އޮކްޓޯބަރު، 20 ގައި ކެނެޑާގެ އާންމު އިންތިހާބު ބާއްވާކަން ފާހަގަކުރައްވާ ޓްރޫޑޯ ވިދާޅުވީ އެ އިންތިހާބުގައި އޭނާއަކީ އެންމެ ރަނގަޅު ޗޮއިސްއަށް ނުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލިބަރެލް ޕާޓީގެ ލީޑަރުކަމުން އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ރައީސް ސަޗިތު މެހެރާ ވިދާޅުވީ ޕާޓީގެ ބޯޑާ އެކީ މި ހަފުތާގައި ބައްދަލުވުންތަކެއް ބާއްވައި އާ ލީޑަރަކު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.