ads
ހުޅުމާލޭ ހޮސްޕިޓަލުގައި ކުރި ސާޖަރީގެ ތެރެއިން--
ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައީ އަންހެނުންގެ ބަލިތަކުގެ ބޮޑެތި ސާޖަރީ
ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައީ އަންހެނުންގެ ބަލިތަކުގެ ބޮޑެތި ސާޖަރީތައް ކަަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
Advertisement

ހެލްތް މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި ވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭ ރާއްޖޭގައި ހަދާފައިވާ ސާޖަރީ ތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގަިއ 2022 ވަނަ އަހަރު ހެދީ 19،732 އޮޕަރޭޝަން ކަމަށެވެ. އަދި 2023 ވަނަ އަހަރު 20،593 ސާޖާރީ ހަދާފައިވާކަން ދައްކަ އެވެ.

2022 ވަނަ އަހަރު ހެދި 19،732 ސާޖަރީ ތެރެއިން 8808 އަކި ބޮޑެތި ސާޖަރީތަކެވެ. އަދި އެ ސާޖަރީތައް ހެދި 5692 މީހުންނަކީ އަންހެނުން  ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ ފަރާތްކުން ގިނަ ސާޖަރީ ހަދާފައިވަނީ އަންހެނުންގެ ހާއްސަ ބަލިތަކަށެވެ. އެގޮތުން މާބަނޑު މީހުންނާއި އަންހެނުންގެ ބަލިތަކާ ގުޅޭ 3،434 ސާޖަރީއެއް ވަނީ ހަދާފަ އެވެ.

އަންހެނުން އެންމެ ގިނައިން ކޮށްފައިވާ ސާޖަރީ އަކީ އަންހެނުންގެ ހާއްސަ ބަލިތަކަށް ކަމަށްވާއިރު އެ އަހަރު ފިރިހެނުން އެންމެ ގިނައިން ފަރުވާ ހޯދައިފައިވަނީ ހިތުގެ ބަލިތަކަށް ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އެއީ 1791 ފިރިހެނުންނެވެ.

2023 ވަނަ އަހަރުވެސް 6601 އަންހެނުން ވަނީ  ބޮޑެތި ސާޖަރީ ހަދާފައެވެ. އެގޮތުން މާބަނޑު މީހުންނާއި އަންހެނުންގެ ހާއްސަ ބަލިތަކަށް 3650 ފަރާތެއް ސާޖަރީ ހެދިއެވެ.

2022 ވަނަ އަހަރުގެ 76 އިންސައްތަ ސާޖަރީ ހަދާފައިވަނީ ޓާޝަރީ ހޮސްޕިޓަލްތަކުގައެވެ. އަދި މާލޭ ސަރަހައްދުން ބޭރުގައި ހަދައިފައިވަނީ 2925 ސާޖަރީ އެވެ. އެ އަހަރު  މާލޭގައި ކުރީ 16،089 އޮޕަރޭޝަން އެވެ.

2022 ވަނަ އަހަރު ފިރިހެނުން އެންމެ ގިނައިން ހެދީ ހިތުގެ ސާޖަރީތައްނަމަވެސް ޖެހިގެން އައި އަހަރު ފިރިހެނުން އެންމެ ގިނައިން ކުރީ ކަށީގެ ސާޖަރީއެވެ. އަދި އެ އަހަރުު މާލޭގައި ޖުމްލަ 16،163 އޮޕަރޭޝަން ވަނީ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް