ads
ރައީސް ޑރ. މުޙައްމަދު މުއިއްޒު ގދ. ވާދުއަށް ވަޑައިގެން އެ ރަށުގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ނިންމުންތައް ނިންމަނީ ރައްޔިތުންނަށް ދަތި ކުރާކަށް ނޫން: ރައީސް
ސަރުކާރުން ނިންމުންތައް ނިންމަނީ ރައްޔިތުންނަށް ދަތި އުނދަގޫ ކުރުމުގެ ބޭނުމުގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭ ކަމެއް ނޫންކަން ހިތުގައި ކަނޑައަޅައި އަމަލުން ދައްކަންޖެހޭ ކަމަށެވެ. އަދި ލޯ ކުރިމަތިން ގޯސްކަމެއް ފެނުމުން އެކަމަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ސަރުކާރު މިއޮތީ އެ ގޮތުގައި ކުރިއަށްދާން. އެހެންވީމާ ވަރަށް އުނދަގޫ ބައެއް ނިންމުންތައް ހަމަ މި ވިސްނުމުގައި ކުރިއަށް މުސްތަގްބަލަށް ޓަކައި އަޅުގަނޑުމެންގެ ޖީލުތައް ސަލާމަތްކޮށްދީ، ވަށައިޖެހޭ ތަރައްގީއަކުން ތަރައްގީ ހާސިލްކޮށްދީފައި އޮތް ހަގީގީ މާނައިގައި ތަރައްގީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށް ޓަކައި ނިންމުންތަކެއް ނިންމަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި އެ މަނިކުފާނުގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. އެއާއެކު، ވަށާޖެހޭ މާނައިގައި ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުގެ ނިޔަތް ވަރަށް ސާފު މިކަމުގައި. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން، މި ވިސްނުމުގައި އަޅުގަނޑުމެންގެ ގައުމު ތަރައްގީކުރުމުގައި ވަށާޖެހޭ މާނަވީ އަދި އަތުން ހިފޭ ތަރައްގީ ހާސިލްކުރުމުގައި ކުރިއަށްދާން އަޒުމްކަނޑައަޅަން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ހަގީގީ ތަރައްގީ ރާއްޖެއަށް ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ، އަތުން ހިފޭ ތަކެތި ނޫން ކަމަށެވެ. ތަރައްގީއަކީ އެ ކުރިއެރުމާއެކުގައި، ސިކުނޑިތައް ތަރައްގީކޮށް، އަޚްލާގު ރަނގަޅުކޮށް، ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް، މުޖުތަމައުގައި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަމުން ރައްކާތެރި ކުރުން ކަމަށެވެ.

ދުންފަތާ ދެކޮޅު ސިޔާސަތުތަކެއް މި ސަރުކާރުން ތަންފީޒުކުރަން ފެށިއިރު ގިނަ ބަޔަކު އަންނަނީ އެ ކަމަށް ތާއީދު ވެސް ކުރަމުންނެވެ. ނަމަވެސް މި ކަަން ތަންފީޒުކުރާމެދު ހިތްހަމަނުުޖެހިގެން ބައެއް އާންމުން ނުރުހުންގެ ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް