ads
ރައީސް ޑރ. މުޙައްމަދު މުއިއްޒު ގދ. ފިޔޯރީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ފިޔޯރީގައި މަސްކިރާ ކާރުހާނާ އަޅަން އަންނަ މަހު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރަނީ
ފިޔޯރީގައި ގާއިމްކުރާ މަސްކިރާ ކާރުހާނާގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކޮށް، ދެ މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ފިޔޯރީ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ތަކުލީފުބޮޑު ދަތުރަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތެއްގެ ކުރިމަތީގައި ފުއްދެވުމުގެ ނިޔަތުގައި، ފުއްދަވައިދެއްވޭނޭކަމުގެ ޔަގީންކަން އޮވެގެން މެނުވީ ވައުދެއް ވެވަޑައިނުގަންނަވާނޭކަމަށެވެ. 

އެގޮތުން، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފިޔޯރީގައި ގާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުހާނާއެއް" ރައީސް ވިދާޅުވި އެވެ.

ފިޔޯރީގައި މަސްކިރާ ކާރުހާނާއެއް ގާއިމްކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ގާއިމުކުރައްވާނޭ ކަމަށް އެމަނުކުފާނު ވިދާޅުވި އެވެ.

އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އޭ.ޓީ.އެމް ވައުދު އިރާދަކުރެއްވިއްޔާ ފުއްދަވާނޭކަމަށް ވިދާޅުވެފަ އެވެ. އަދި 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް