ads
ސިއްރު - 15 ވަނަ ބައި
އެޕިސޯޑް 15
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ލުއި ހިނިތުންވުމަކާއެކު ކާމިލްއަށް ބަލައިލީމެވެ. 

"ވަރަށް މަރުހަބާ އެކުވެރިޔާ!" މަޑުމަޑުން ކާމިލްއާއި ދިމާއަށް މިސްރާބު ޖަހަމުން އަހަރެން ބުނީމެވެ.

ދެމީހުން ކޮނޑާއި ކޮނޑުޖައްސައި ބައްދާލީމެވެ. ފުނިޖެހިފައިވާ އެތައް ދުވަހެއްގެ އުނދަގޫ އިހްސާސްތަކެކެވެ. އެތައް ޒަމާނެއްވަންދެން ހިތުގައި އޮތް ހުސްކަން ފަޅުފިލައިފި އެވެ. ކާމިލްއަކީ އަހަރެންގެ އެއްބަނޑު ބޭބެއެއްފަދަ އެކުވެރިއެކެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެއްއިރެއްގައި އަހަރެންގެ ހުރިހައިވެސް މީހަކީ އެއީ އެވެ. 

އަހަރުމެން ދެމީހުންގެ ގައިމައްޗަށް ދެންތިބި މީހުން ފުންމާލި އެވެ. އަހަރުދުވަސްފަހުން 'ގްރޫޕް ހަގް' ފުރިހަމަވީ އެވެ. ކޮންފަދަ އުފާވެރި ބާއްޖަވެރި ދުވަހެއް ހެއްޔެވެ؟

"ބޭވަފާތެރިޔާ... ގަރލްފްރެންޑްގެ މައުލޫމާތު އަހަރުމެންނާއި ހިއްސާކުރަނީ ކޮން ރަސްމިއްޔާތެއްގައި... ކައިވެންޏަށްފަހު އަންބަކަށް ހަދާފައިތަ؟" ނިކަން ބާރަށް ކާމިލްގެ ކޮނޑުގައި ޖަހާފައި އަންޔާ ބުނެލި އެވެ. 

"އޮއް ހޯ ޓައިގްރެސް... ތަދުވެއްޖެ!" ކޮނޑުގައި ފިރުމަމުން ކާމިލް ބުނެލީ އަންޔާއާއި ދިމާއަށް ވައްތަރު ޖައއްސަމުންނެވެ.

"ސީރިއަސްލީ ކާމިލް..! ކާކު އެއީ..؟ އަހަރުމެންނަށް އޭނާ އެނގޭނެތަ؟" ވަރަށް ސީރިއަސްކޮށް ނަޔާރާ ސުވަލުކުރި އެވެ.

"މިވަގުތު ތި ސުވާލުތަކުގެ ޖަވާބު ދޭކަށް ގަސްތެއް ނުކުރަން.. އެއީ، އަހަރެން ބޭނުމީ ތި އެންމެން އެއްކޮށް އޭނާއާއި ސީދާ ބައްދަލުކުރަން.." ކާމިލްގެ މޫނުމަތީގެ އުފާވެރިކަން ތަރުޖަމާކުރަންވެސް އުނދަގުލެވެ. ބުނެދޭން ނޭގޭ އުފާވެރިކަމެއް ކާމިލްގެ ލޮލުން އަހަރެން ދުށީމެވެ. ޔަގީނެވެ! އެ ކުއްޖަކުދެކެ ކާމިލް އިންތިހާއަށް ލޯބިވެ އެވެ.

"ޑޫ ވީ ނޯ ހަރ؟" ކެތްތެރިކަން ކޮޅުންލައިގެން އަންޔާ ސުވާލުކުރި އެވެ. އިންތިޒާރުކުރެވުނީ ސުވާލުގެ ޖަވާބަށށެވެ.

"ޔެސް..! ތި އެންމެންނަށްވެސް އޭނާ އެނގޭނެ!" ކާމިލްގެ ޖަވާބާއެކު ވެރިވީ ހިމޭންކަމެވެ. އެންމެންގެ ހަރަކާތްވަނީ ހުއްޓިފަ އެވެ. ވިސްނަމުންދިޔައީ އެ ކުއްޖަކާމެދުގަ އެވެ.

"އީތަން ފިޔަވާ، އެހެން އެންމެންނަށް އޭނާ އިނގޭނެ..!" 

ކާމިލްގެ ބުނެލުމާއެކު ގަދަ ރިހުމަކުން އަހަރެންގެ ހިތުގައި ބާރު ވިންދެއް ޖަހައިލި އެވެ. ހަގީގަތެއް ނޭގެ އެވެ. އެކަމަކު އިހްސާސްކުރެވުނީ އެއީ ދިމާކުރުމަށް ނުވަތަ މަލާމާތަކަށް ނުސީދާކޮށް އެއްލި ގާބުރިއެއް ކަމަށެވެ.

ކާމިލް އެބުނަނީ ރިދީގެ ވާހަކަ ހެއްޔެވެ؟

ނޫން..! ނޫނެކެވެ! ޔަގީނުންވެސް ނޫނެކެވެ! ރިދީއެއް ނޫނެވެ! ކާމިލް-ރިދީ.. ނޫން! ނޫން..! އެހެނެއް ނުވާނެ އެވެ. އެއީ ރިދީއެއް ނޫނެވެ!

"ކޮންއިރަކު ކައިވެނި އޮތީ؟" ރަޒީން ސވާލުކޮށްލި އެވެ.

އަހަރެންގެ މޫނަށް ބަލައިލާފައި ރަޒީން ސުވާލުކުރީ އަހަރެންގެ ހާލަތު ރަގަޅަށް އެނގިގެންކަން ޔަގީނެވެ.

"ވަރަށް އަވަހަށް.. މިއަންނަ މަހު..!" ކާމިލް ބުންޏެވެ.

"ހާދަ ލަސްކޮށްފައި އަހަރުމެންނަށް ތި އެންގީ.. ވަރަށް ބައިވަރު ކަންކަން ކުރަން ހުންނާނެކަން ނޭގޭތަ؟ މިއީ އިންސާފެއް ނޫން.." އަންޔާގެ ޝަކުވާ ފެށި އެވެ. 

"ހުރިހައި ކަމެއް ހުރީ ތައްޔާރަށް.. ހުރިހައި ތައްޔާރިއެއް ވެ ނިމިއްޖެ.. ވެޑިން އޮތީ މާލެކައިރި ފިނޮޅެއްގައި.. ވައިޓް ވެޑިންގއެއް.. ހުރިހައި ކަމެއް އަހަރެން ނިންމީ އޭނާ ބޭނުންވާ ގޮތަށް..! ދައުވަތު ދެވޭނީ ހަމައެކަނި އެންމެ ގާތް މީހުންނަށް" ކާމިލް ބުނީ ހުވަފެނީ ގޮތަކަށެވެ.

އަހަރެންގެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ އިޝާރާތެއް ނެތެވެ. ހިތް ހުއްޓުނީ ބާ އެވެ. އާއެކެވެ. ނަން ނުބުނެ ކާމިލް އެ ދައްކަނީ ރިދީގެ ވާހަކަ އެވެ. ކައިވެނީގެ ރަސްމިއްޔާތު އޭނާ ބޭނުންވާ ތަނެއްގައި..! ހަމަހިމޭން މާހައުލެއް..! ރާޅުގެ އަޑުއިވޭ ހިސާބެއް..! ހަމައެކަނި އެންމެ ގާތް އެކުވެރިންގެ ހާޒިރުގައި..! ވައިޓް ވެޑިންގއެއް! މިއީ ރިދީގެ އިހްތިޔާރީ ޝަރުތުތައް.. ޔަގީން.. އެއީ.. " ހިތް ބިރުގަތެވެ. ނޭވާ ހާސްވަނީ އެވެ.

ކާމިލް – ރިދީ!

"މާނައަކީ އަހަރުމެންނަށް ދައުވަތު ކާޑުން އަންގާލަން ދޯ މިއަދު ތިއައީ.. ތިހައި ދުރުކޮށްލާކަށް ނުވާނެއްނުނން.." ރަޒީންގެ ޑްރާމް ފެށި އެވެ. 

އަހަރެންގެ ސިކުނޑީގައި ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާން ރޯވެއްޖެ އެވެ. އަހަރެންނާއި ރިދީގެ ދެމެދު ހިގައިދިޔަ ހުރިހައި ކަމެއް އެނގިހުރެވެސް ކާމިލްގެ ހޮވުމަކީ ރިދީ އެވެ. އަހަރެންގެ ރިދީ ނޫން އެހެން އަންހެނަކު ކާމިލް އަށް ނުވީ ހެއްޔެވެ؟

ކޮޅަށް ތެދުވީމެވެ. ކުރިމަތީން ފެންނަނީ އެންމެ މަންޒަރެކެވެ. އަހަރެންގެ ރިދީއާއި ކާމިލްގެ ހިނިތުންވެފައިވާ މޫނެވެ. 

ކާމިލްގެ ކުރިމަތީގައި ހުއްޓި އޭނާގެ ގަމީހުގެ ގިރުވާނުގައި ބާރަށް ހިފީމެވެ. އަތުގެ ތެރެއަށް ގިރުވާން އޮޅޅާލާފައި ކާމިލްއާއި ކުރިމަތިލީމެވެ. އެންމެންގެ ދެފައި ބިމުން ކެޓިއްޖެ އެވެ. އަހަރެންގެ މިވަގުތުގެ ހަރަކާތް އެމީހުންނަށް ބިރުވެރި ހުވަފެނަކަށްނޫނީ ނުވާނެ އެވެ.

"އީތަން!!!" އަޑުގެ ނެތްތަނަށް އަންޔާ ހަޅޭއްލަވައިގަތެވެ.

އެންމެން އެއްފަހަރާ އަހަރެންގެ އަތުގައި ހިފެހެއްޓި އެވެ. މިވަގުތު އެމީހުންނަށް ކާމިޔާބެއް ނުލިބޭނެ އެވެ. އެތައް ދުވަހަކަށްފަހު އަހަރެންގެ އަސްލު ސޫރަ އިޔާދަވީ އެވެ. މިވަގުތު މިއީ މޮންސްޓަރ އެކެވެ. އޭނާގެ ބަހުންނަމަ މޮންސްޓަރ ބޮސް އެވެ!

"ﷲ ގަންދީބުނަން ކާމިލް! މިއީ އެއްވެސް ގޮތަކުން، އެއްވެސް ހައިސިއްޔަތަކުން ރި- ރިދީ އާއި ގުޅުންހުރި ކަމެއްނަމަ، އަހަރެންގެ ދެއަތުން ކަލޭގެ ކަންވަޅުކޮނެ ވަޅުލާނަން.. މިއީ ވައުދެއް!"

އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. މަލާމާތުގެ ގޮތަކަށް ހިނިއައިސްފައި ކާމިލް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެ ދެލޮލުން އަލިފާންކަނި ބުރަ އެވެ.

"ކީއްވެ އީތަން..؟ އަހަންނަށް އެނގިފަ އޮތް ގޮތުގައި ނުވަތަ ފެނިފައިވާ މަންޒަރުން ގަބޫލުކުރެވެނީ، ކަލޭ އެނާދެކެ އިންތިހާއަށް ނަފްރަތު ކުރާކަމަށް.. އެހެންވީމަ އޭނާއާއި އަހަރެން ދުރުން އުޅެންޖެހޭ ސަބަބަކީ ކޮބާ؟" ފާޅުގައި ކާމިލް އަހަންނަށް މަލާމާތްކުރި އެވެ.

އެކަމަކު ދޭނެ ޖަވާބެއް އަހަރެން ކިބައިގައި ނެތެވެ. ދޫ ބަންދުވެއްޖެ އެވެ. 

"ޔޫ ބސ**! ލަދުހަޔާތުގެ މިންވަރެއްވެސް ނެތް ދޯ! އިޓް ވޯޒް ޔޯރ މިސްޓޭކް! އެކަމަކު ކުޑަމިނުން މައާފަށް އެދިލާނެ ހިތްވަރުވެސް ކަލޭ ގައިގައި ނެތް ދޯ! މީގެ މަސްދުވަސްކުރިންވެސް އޭނާ ކަލެއަށް ގުޅި! ނުދަންނަކަމަށް ހަދާފައި، ކިބުރުވެރިކަމާއެކު ފޯނު ކަނޑާލީ ފިނޑިއެއް ފަދައިން.." ހިތުގައި އޮތް ނަފްރަތު މަލާމާތުގެ ގޮތުގައި ކާމިލް ބޭރުކުރި އެވެ.

ދެލޯމަރައިފާ ފުން ނޭވާއެއް އަހަރެން ބޭރުކޮށްލީމެވެ. ހިއްސުތައް މައިތިރިކުރެވޭތޯ ބެލީމެވެ.. އެކަމަކު...

"އައި-ޑޯންޓް-ވޯންޓް-ޓޯކް-އެބައުޓް-އިޓް!" އަހަރެން ހަޅޭއްލަވައިގަތީމެވެ. ދެލޮލުން އާވި ނިކުންނަން ފަށައިފި އެވެ. ކަންފަތުން ހޫނު ދިލަ  އިހްސާސްވަނީ އެވެ.

"ކިހިނެއްވީ އީތަން..؟ ބިރުގަތީތަ؟ ފިނޑިކަމުގެ ސާލު ކަނދުރާއިން ނަގައި އެއްލާލާފައި ހަގީގަތް ގަބޫލުކުރޭ..! އަދިވެސް ކަލޭ ލޯބިވަނީ ހަމައެކަނި އޭނާދެކެ.. އަމިއްލަ އިހްސާސްތަކާއި ފިލަން ދުވާނީ ކިހައި ދުވަހެއްވަންދެން.. ތިހެން ފިނޑިވެގެން ބޮނދާ އޮންނާނީ ކިހާވަރެއް ވަންދެން..؟" އަހަންނަށްވުރެން ބާރަށް ކާމިލް ހަޅޭއްލަވައިގަތެވެ.

"އައުޓް!!!" ކަރުބުޑުން އަހަރެން ހަޅޭއްލަވައިގަތީމެވެ. 

އަހަރެންގެ ކުރިމަތީން އެންމެން ދުރަށްދިއުމަށް އަތްތުރުތުރު އަޅުވާލާފައި އަމުރުކުރީމެވެ. އަންޔާގެ ލޮލުން އެންމެންނަށް އިޝާރާތްކުރިތަން އަހަރެން ދުށީމެވެ. 

ބާރުހިނގުމުގައި އަހަރެން މިސްރާބުޖެހީ ބެލްކަންޏަށެވެ.

އަހަރެންގެ ފޯނުން ކޮންޓެކްޓް ނަންބަރުތައް ހުޅުވާލީމެވެ. މީގެ މަސްދުވަސްކުރީން އޭނާ އަހަންނަށް ގުޅުމުން އެނަންބަރު ސޭވް ކުރީމެވެ.

ހަގީގަތުގައިވެސް އެއަޑު ނުވަތަ އޭނާމަތީން އަހަރެން ހަނދާންނެތުނީކަމަށް އޭނާ ހީކުރީ ހެއްޔެވެ؟ މި ހަށީގައި ވިންދު ހުރިހައި ހިދަނކު އެއަޑު އަހަރެން ހަނދާންނެތޭނެ ހެއްޔެވެ؟

އައި.ޑޯންޓް.ލަވް.ހަރ

ހަށިގަނޑުގެ އެންމެ ހިމަނާރު ޝާމިލްކޮށް، ފުންނޭވާއެއް  ވައިގެތެރެއަށް ދޫކޮށްލީމެވެ. އަހަރެންގެ ހިތުގެ ނުވަތަ ސިކުނޑީގެ ކޮންމެވެސް ބާރަކުން އޭނާއަށް ގުޅުމަށް މަޖުބޫރުކުރަނީ އެވެ. ޑައިލްކުރީމެވެ. ތަކުރާރުކޮށް ގުޅީމެވެ.

"ފައިނަލީ..!!" އާހެއްގެ ގޮތުގައި ދުލުންބޭރުވި ލަފްޒެކެވެ.

އެންމެފަހުން ކޮންމެވެސް މީހަކު ފޯނު ނަގައިފި އެވެ. އެކަމަކު މިއީ އަހަރެން އަޑުއަހަން ބޭނުންވި، އަޑެއް ނނޫނެވެ.

"ހެލޯ.." އެކޮޅުން ވާހަކަދައްކަމުންދިޔަ އެވެ. ބަރު ފިރިހެންވަންތަ އަޑެކެވެ. އޭނާގެ އަޑުފަދަ ހިތްގައިމުކަމެއް އެއަޑުގައި ނެތެވެ. 

"ތިއީ  ރިދީ އިމާދު.. ގެ ފޯނު ތޯ؟" ހިތުގައި ހިލަގަނޑެއް ބާއްވާފައި އަހަރެން ސުވާލުކުރީމެވެ.

"ޔެސް! އިޓް އިޒް! ތިއީ ކާކު..؟ އެމީހާ ޖަވާބު ދިނެވެ. މިއީ ދުވަހަކުވެސް އަހަރެންގެ ކަންފަތަށް އިވިފައިވާ އަޑެއް ނޫނެވެ. 

"ތިއީ ކާކު..؟" އަހަރެން ސުވާލުކުރީމެވެ.

"އަހަރެން މިއީ ރިދީ އިމާދުގެ ބޯއިފްރެންޑް..! ތިއީ ކާކު؟" ރައްދުގައި އެމީހާ ސުވާލުކުރި އެވެ. ހީވާހީވުމަށް ސުވާލު އައީ މަލާމާތުގެ ރާގުގަ އެވެ. އޭނާގެ ދުލުން ބޭރުކުރި ބަސްތަކާއެކު ވަގުތުން އަހަރެން ފޯނު ކަނޑާލީމެވެ.

ބޯއި-ފްރެންޑް!؟

ފާއިތުވީ އެންމެ އަހަރެކެވެ. ލޯބީގެ ގޮތުން އެހެން މީހަކާ ގުޅުނީ އެވެ. ދިރިއުޅުމައިގެން ކުރިއަށްދިއުމަށް އެހެން ގުޅުމަކުން އުފާވެރިކަން ހޯދަންފެށީ އެވެ. 

އުތުރިއަރަމުންދިޔަ އިހްސާސްތައް މައިތިރިކުރެވޭތޯ އަހަރެންގެ މޫނުގައި ދެއަތް އެޅީމެވެ. އެހީތެރިކަމެއް ނުލިބުނެވެ. އަހަރެން އަޖައިބުވެ އަންތަރީސްވެއްޖެ އެވެ. އަހަރެންގެ ހަޔާތުގައި ގުނާ އަދަދުނުކުރެވޭ މިންވަރަށް އަންހެންކުދިން ޝާމިލްކުރީމެވެ. ދުވަހަކުވެސް އެއިން ކުއްޖެއްގެ ސަބަބުން މިފަދަ ހާލެއްގައި ނުޖެހެ އެވެ. މިފަދަ އިހްސާސްތަކަކުން އަހަރެންގެ ހިތާއި ސިކުނޑި ހާސްވެ، ނުތަނަވަސް ނުވެ އެވެ. އެހެން ކުއްޖެއްގެ ސަބަބުން މިފަދަ ބާރުގަދަ އިހްސާސެއް އަހަރެންގެ މިހަށީގައި ދުވަހަކުވެސް ދައުރުނުވެ އެވެ. އެހެންމީހަކާއެކު އޭނާ ގުޅިގެން އުޅޭކަމުގެ އިހްސާސާއެކު އަހަރެންގެ ހަށިގަނޑު ވީރާނާ ވަނީ އެވެ. މިއީ ހާދަހައިވާ ވޭންދެނިވި ރިހުމެކެވެ.

އުފަލުގައި ދިރިއުޅުމަކީ ދިރިހުރިހައި ހިނދަކު އޭނާއަށްވެސް އޮތް ހައްގެކެވެ. ދުނިޔެއިން ހަގީގީ ލޯބި ލިބިގަތުމަކީ އޭނާއަށްވެސް ލިބިގެންވާ މިނިވަންކަމެކެވެ. 

އަހަރެން ބޭނުންގޮތަކަށް ބޭނުންކަމެއްކުރަން އެތަށް ރެއަކު، ކިތަންމެ އަންހެނަކު ބޭނުންކުރީމެވެ. ރައްދުގައި އޭނާއަށް 'ބޮއިފްރެނޑެއް' ނުގެންގުޅެވެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟

ހަގީގަތް ވަޅުލެވިޖެ އެވެ. އިހްސާސްވި މަންޒަރު ގަބޫލުކުރަން ބޭނުމެއް ނޫނެވެ.

ހަގީތަތުގައިވެސް އަހަރެން އޭނާދެކެ ލޯތްބެއް ނުވެ އެވެ. އޭނާވެފައިވަނީ އަހަރެންގެ 'ހިތުގެ އާދައަކަށެވެ'. ޒަރޫރީ ބޭނުމަކަށެވެ. މިއީ ލޯތްބެއް ނޫނެވެ. އޭނާގެ ހިނިތުންވުމަށް އާދަވެފައިވަނީ އަހަރެންގެ ދެ ލޮލެވެ. އަހަންނެއް ނޫނެވެ.  އޭނާގެ އުފާވެރި ހީލުމާއއި، އެ ހިތްގައިމު އަޑާއި، މަޑުމަޑު ތުންފަތާއި ދެވަނައެއްނުވާފަދަ ބައްޓަން ރީތި ހަށިގަނޑަކީ އަހަރެންގެ ހިއްސުތައް ފަރިތަވެފައިވާ އާދައެކެވެ. އެއީ އަހަރެން ބޭނުންވާ ނުވަތަ ބޭނުންވި ކަންކަމެއް ނޫނެވެ. އޭނާގެ ގާތްކަމާއި އަދާތަކާއި، ލިބިދޭ އަރާމު ހޫނުން ފަސޭހައިން ނިދުމަކީ އަހހަރެންގެ ވަރުބަލި ސިކުޑިއާއި ނުތަނަވަސް ހިތް ހޯދާފައިވާ ދާއިމީ ފަރުވާތަކެވެ. އެއީ އަހަރެންގެ ލޯތްބެއް ނޫނެވެ. އެކަންކަމަށް އަހަރެންގެ ހިތެއް ބޭނުމެއް ނުވެއެވެ! މިއީ މޮޔަ ގުނަވަންތަކުގެ އާދަތަކެކެވެ.

ހަމައެކަނި ދިރިހުރި ހަގީގަތަކީ، އިންތިހާއަށް އޭނާ އަހަރެން ދެކެ ލޯބިވުމެވެ. ބަދަލުކުރެވެން ނެތް ދިރިހުރި ހަމައެކަނި ހެއްކަކީ މި އެވެ.

އައި.ޑޯންޓް.ލަވް.ހަރ!

......................

-މާޒީ-

"މަގޭ ރިދީ" ޑްރާމާގޮތަކަށް ރޮމުން ކާމިލް އަހަންނާއި ދިމާއަށް އައި އެވެ. ލަދުރަކި ކަމުގެ ފަރުދާ އެއްފަރާތްކޮށްފައި އީތަންގެ ގޭގެ ސިޓިންގރޫމްގައި އަހަރެން އިނީމެވެ.

އަންޔާ، ނަޔާރާ އަދި ރަޒީން ތަންކޮޅެއް ކުރިން އަހަރެންނާއި ބައްދަލުކޮށްފި އެވެ. އިންތިޒާރުގައި މި އިނީ ކާމިލް އަދި އިކާން އަންނާނެ ވަގުތަކަށް ކެތްމަދުވެފަ އެވެ.

ނުހަނު ބާރަށް އަހަރެންގެ ގައިގައި ކާމިލް ބައްދާލި އެވެ.

"ޔޫ އަރ އޯ-ކޭ ރައިޓް..؟" ކާމިލް ސުވާލުކޮށްލުމުން ބޮލުގެ އިޝާރާތުން އަހަރެން ޖަވާބުދިނީމެވެ.

"އަބަދުވެސް ރައްކާތެރިވާތި.. ބަލައިގެން އުޅޭތި.. ހުރިހައި ކަމެއްގައި ފަރުވާތެރިވާތި.. ކާއެއްޗިއްސަށްވުރެން މި ދުނިޔޭގައި އަހަރެން ހަމައެކަނި ލޯބިވާ ފަރާތަކީ ތިއީ.. އެކަން އިނގޭދޯ!" ހިޔާލީ ކަރުނަ ފޮހެލަމުން ކާމިލް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

ކާމިލްގެ ޑްރާމާ ބަލަން އެންމެން ހިނިއައިސްފައި ތިއްބެވެ.

"ކަލޭމެން ދެމީހުންގެ ކުޅިވަރު ނިމިއްޖެތަ؟" ކާމިލްގެ އަތުތެރެއިން އަހަރެން ދަމައިގަންނަމުން އީތަން ސުވާލުކުރި އެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ކާމިއްލާއާއި ދުރަށް ގެންދިޔަ އެވެ.

ހައިރާންވެފައި އެންމެން ބަލަހައްޓައިގެން ތިބީ އީތަންގެ އެ ހަރަކާތް ތަރުޖަމާކުރާން ނޭގިފަ އެވެ. ހަމައެވަގުތެވެ. ބޭރުދޮރާއި ދިމާއިން އަޑުގަދަވެގެން އެދިމާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ގެއަށް އައީ އިކާން އެވެ. 

އަނެއްކާ އަނެއްކަންތަކާ ލައްވާލީ އެވެ.

"ވެއަރ އިޒް މައި ޕްރިޓީ ލޭޑީ..؟" އިކާންގެ ސުވާލާއެކު އަހަރެންގެ ނިއްކުރީގައި ހިފަހައްޓާލަން މަޖުބޫރުވި އެވެ.

(ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް